ސަރުކާރަށް 6 މަސް: ބަނގުރޫޓްވުމުގެ ބިރު ނިމުމަކަށް ގެނެސް، އިޤްތިޞާދު އަލުން ކޮޅަށް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިވީ 6 މަސް ދުވަސް ތެރޭގައި އެމަނިކުފާނުގެ ސަރުކާރުން އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް ގަބޫލުކުރެއެވެ. ޚަރަދުތައް ކުޑަކުރަމުން، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދިޔައީ ނިމިދިޔަ ސަރުކާރުން ވާރުތަވެފައި އޮތް ބޮޑު ދަރަނިވެސް އަދާކުރަމުންނެވެ.